ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ހެލްތު ކޮމިޓީގެ ބޭފުޅުންނާ ބައްދަލުކުރައްވާ، ޢާންމު ތަންތަނުގައި ދުންފަތުގެ އިސްތިޢުލާމުކުރުން މަނާކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ވަނީ ޢާންމު ތަންތަނުގައި ދުންފަތުގެ އިސްތިޢުލާމުކުރުން ފިޔަވަހިތަކަށް ބަހާލައިގެން މަނާކުރުމަށް އެކަށައަޅާފައިވާ ޕްލޭންގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރައްވައިފިއެވެ. އެގޮތުން، މި ޕްލޭންގެ ދަށުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަންއެއް ހެލްތު ކޮމިޓީގެ ފަރާތުން ވަނީ ހުށަހަޅުއްވާފައެވެ. އަދި، މި ޕްލޭން ހަގީގަތަކަށް ހެދުމަށް ޤާނޫނާއި ޤަވާއިދުތަކަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭގޮތުންވެސް ދެ ފަރާތުންވަނީ މަޝްވަރާކުރައްވާފައިވެއެވެ.

މީގެއިތުރުންވެސް، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓައިލުމަށް ބާރުއެޅުމަށާއި ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްޞަ ކެމްޕޭނެއް ހިންގުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ. ނައިބު ރައީސް ވަނީ ޕްލޭންގެ ދަށުން މި ވަގުތު ފެށެންހުރި މަސައްކަތްތައް ވީ އެންމެ އަވަހަކަށް ފެށުމަށް ހެލްތު ކޮމިޓީގެ މެންބަރުންނަށް އިރުޝާދު ދެއްވާފައެވެ.

ނައިބު ރައީސްގެ އިތުރުން މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމްވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.