ކޮވިޑާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަވީރު ނޫސްވެރިންނަށް މައުލޫމާތު ދެއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޑާއި ގުޅިގެން ސަރުކާރުން އަޅާފައިހުރި ފިޔަވަޅުތަކާއި ގުޅޭގޮތުން ރައީސް ސޯލިހު މިއަދު ހަވީރު 16:30 ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވާނެ ކަމަށެވެ،

ކަންބޮޑުވާ ދަރަޖައަށް މިދިޔަ މަހު ކޮވިޑު ކޭސްތައް މަތިވެ، ބަލީގައި މަރުވާ މީހުންވެސް ގިނަވަމުންދިޔުމާއެކު، ސަރުކާރުގެ އޮފީސްތައް ބަންދުކޮށް، ހިދުމަތްތައް އޮންލައިން އުސޫލުން އިތުރު 2 ހަފްތާއަށް ކުރިއަށް ގެންދިއުމަށް ނިންމި ނިންމުން ހަމަވާނީ މިއަދަށެވެ.

ރައީސް ސޯލިހު ނޫސްވެރިންނާ ބައްދަލުކުރައްވާއިރު، ރާއްޖެއިން ކޮވިޑު ކޭސްތައް ފެންނަމުންދިޔަ އަދަދު މިހާރު ވަނީ ވަރަށް ބޮޑުތަނުން މަދުވެފައެވެ. އެގޮތުން 24 ގަޑިއިރު ތެރޭގައި ހާހަކަށްވުރެ ގިނަ މީހުން ޕޮޒިޓިވްވާ އަދަދު ވަނީ 500 އަށްވުރެ ދަށްކުރެވިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.