މާދިހު އިސްމާއިލް

ދިވެހި ކުޅިވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެމުން އައި މާދިހު އިސްމާއިލް ނިޔާވެއްޖެއެވެ.

އުމުރުން 51 އަހަރުގައި މާދިހު ނިޔާވެފައިވަނީ ކުއްލިގޮތަކަށް ބަލިވެގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ އިރާކޮޅުގެ ވަގުތެއްގައެވެ.

މާދިހު ވަނީ ކުޅިވަރުގެ ދައިރާގެ އެކިއެކި މަގާމުތައް ފުރާފައެވެ. އެގޮތުން އޭނާ ވަނީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވައިފައެވެ.

ސްކޫލްތަކުގައި ވެސް ކުޅިވަރާ ގުޅޭ މަސައްކަތްތައް ކުރަމުން އައި މާދިހު ނިޔާވި އިރު ހުރީ ގިޔާސުއްދީން ސްކޫލްގެ ސްޕޯޓްސް ކޯޑިނޭޓަރެއްގެ މަގާމުގައެވެ. އަދި ރާއްޖޭގެ މި ފަހަރުގެ ފުޓްބޯޅަ ސީޒަނުގައި މާދިހު ހުރީ މާޒިޔާ ސްޕޯޓްސް ކްލަބުގެ ފިޒިއޯތެރަޕިސްޓެއްގެ މަގާމުގަ އެވެ.

މާދިހު ވަނީ ރާއްޖޭން ބައިނަލްއަގުވާމީ ގޭމްސްތަކުގައި ވާދަކުރިއިރު، ޓީމުގެ ކޮންޓިންޖެންޓްގައި ހިމެނިގެން ވެސް އެކިއެކި ހިދުމަތްތަކެއް ކޮަށްދެއްވާފައިވާފައެވެ.

މީގެ އިތުރުން ސްވިމިން، ކްރިކެޓް، ފުޓްބޯޅަ، ބާސްކެޓް އަދި އެތުލެޓިކްސް ފަދަ ކުޅިވަރުތަކުގައި މާދިހު ވަނީ އަމިއްލަ ހައިސިއްޔަތުންވެސް ގިނަ ގޮތްގޮތުން ހިދުމަތްތަކެއް ކޮށްދީފަ އެވެ.

މީގެއިތުރުން ކުޅުންތެރިއެއްގެ ގޮތުގައި އަދި ކޯޗެއް ގޮތުގައި ހަރަކާތްތެރިވުމަށްފަހު މާދިހު ވަނީ މެޑިކަލް އޮފިޝަލެއްގެ ގޮތުގައިވެސް ހަރަކާތްތެރިވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.