މާލެ މަގުމަތީގައި ތިބި ބުޅާތަކެއް: ފޮޓޯ: އަވަސް

މާލެގެ މަގުމަތީގައި އުޅެމުންދާ ބުޅަލުގެ މައްސަލައަށް ހައްލެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ސްޓްރޭ ކެޓްގެ އުނދަގުލަކީ މާލޭސިޓީގައި ދިރިއުޅެމުންދާ ރައްޔިތުނަށް ދިމާވެފައިވަނީ މައްސަލައެއް ކަމަށާއި، އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް އިއްޔެ ބޭއްވި މާލެ ސިޓީކައުންސިލްގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

"މާލޭގައި ވަރަށް ބޮޑުވެފައި އޮތް މައްސަލައެއްމީ ޕެޓް ގޮތުގައި ބޭނުން ނުކުރާ ދޫކޮށްލެވިފައި އޮންނަ ބުޅަލުގެ މައްސަލަ، ނޫނީ ސްޓްރޭ ކެޓްސްގެ މައްސަލައަކީ" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ބުޅަލަކީވެސް އަޅާމުލުމާއި ރައްކައުތެރިކަން ލިބެންޖެހޭ ޖަނަވާރެއް ކަމަށް ކައުންސިލުން ގަބޫލުކުރާ ކަމަށާއި، އެހެންކަމުން އެ ބުޅަލާއި މެދުގައި އިންސާނިއްޔަތުކަމާއި އެކު ކަންކަން ކުރެވޭނެގޮތް ގޮތް ހޯދުމަށް މަސައްކަތް ކުރަމުންދާނެކަމަށެވެ.

އެގޮތުން ކަމާއި ބެހޭ މާހިރުންގެ ލަފަޔާއި އެކު، ޤާނޫނީ އިމުގެ ތެރެއިން މާލެ ިސީޓީތެރޭގައި އާންމުންނަށް މިހާރު އުނދަގޫވާގޮތަށް މިއޮތް ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައިކުރަން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް މިއަދުން ފެށިގެއް އެމަސައްކަތް ފަށަން ކައުންސިލް ބައްދަލުވުމުގައި ނިންމާފައިވާކަމަށް މޭޔަރު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ބުޅަލުގެ މައްސަލައިގައި ނިމިދިޔަ ކައުންސިލުންވެސް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އެމަސައްކަތްތަކުގެ އަލީގައި ކައުންސިލުން އެޗްޑީސީއާއި މަޝްވަރާކޮށް، އެކަމަށް ޚާއްސަ ފެސިލިޓީއެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

"މި މަސައްކަތް ކުރަމުންދާނީ ބުޅަލުގެ އިންޓްރެސްޓުގައި އުޅޭ ހުރިހާ ފަރާތްތަކުގެވެސް ލަފަޔާއި އެކު އެންމެ ޕްރޮފެޝަނަލްކޮށް އެކަމަށް ރަނގަޅު ހައްލެއް ގެނެސްދިނުމަށް" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ބުޅަލުގެ މައްސަލައިގައި މާލެގއި ދިރިއުޅޭ ރައްޔިތުން ހިތްހަމަ ޖެހޭދަފަ ރަނގަޅު ހައްލެއް ކައުންސިލުން ކުރާ މަސައްކަތުން ފެނިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.