ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭން ޖެހޭ ފައިސާ ނުލިބޭތީ. އިދިކޮޅު ފަރާތްތަކުން އިލެކްޝަންސް ކޮމިޝަން (އީސީ)އާ ބައްދަލުކުރައްވައިފި އެވެ.

ޕީޕީއެމް އަދި ޕީއެންސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިއަހަރުގެ މިއަދާ ހަމަޔަށް އައިއިރު ވެސް ސިޔާސީ ޕާޓީތަކަށް ދިނުމަށް ގާނޫނީ ގޮތުން ލާޒިމްވާ ފައިސާ އަދިވެސް އީސީ އިން ދޫ ނުކުރާ ކަމަށެވެ. އޭގެ ސަބަބުން ޕާޓީ ހިންގުމަށާއި ސިޔާސީ ހަރަކާތްތައް އިންތިޒާމް ކުރުމަށް ބޮޑެތި ހުރަސްތަކަކާ ކުރިމަތިވާ ކަމަށާއި އެ ފައިސާ ލިބޭނެ ގޮތް ހަމަޖައްސައިދޭން ޖެހޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައިވާއިރު، ސިޔާސީ ޕާޓީތަކަށް ހަމަހަމަ ފުރުސަތުތަކެއް ނުލިބޭ ކަމަށް ވިދާޅުވެ އަބްދުއްރަހީމް ކަންބޮޑުވުން ވެސް ފާޅު ކުރެއްވި އެވެ. އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ކެމްޕެއިން ކުރުމަށް ފުރުސަތު ނުދޭއިރު ސަރުކާރުން އެކި އިވެންޓުތައް ބޭއްވުމަށް ރަށްރަށަށް ދަތުރު ކުރުމުގެ ފުރުސަތު އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ޕާޓީތަކުގެ މެދުގައި ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް އެދޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި އީސީގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ވެސް އޭނާ ވަނީ ގޮވާލައިފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.