އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ރިޔާސަތަށް ރާއްޖޭގެ ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު ހޮވިވަޑައިގަތުމަކީ ރާއްޖެއަށް ލިބުނު ކާމިޔާބެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރައްވައިފިއެވެ.

76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ފަރާތެއް ހޮވުމުއްޓަކައި މިއަދު ރާއްޖެ ގަޑިން 19:00 ގައި ނެގުނު ވޯޓުން މިނިސްޓަރ ޝާހިދު ހޮވިވަޑައިގަތީ 143 ވޯޓުގެ އަގުލަބިއްޔަތަކުންނެވެ. ޝާހިދާ ވާދަކުރެއްވި އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ.ރަލްމައި އަށް ލިބިވަޑައިގަތީ 48 ވޯޓެވެ.

މި ކާމިޔާބީއާ ގުޅިގެން "ޖަޒީރާ" އަށް ދެއްވި ހާއްސަ އިންޓަވިއުއްގައި މިނިސްޓަރ ޝާހިދު ވަނީ މިއީ ވަކި ފަރުދަކަށް ލިބުނު ކާމިޔާބެއްގެ ބަދަލުގައި މުޅި ރާއްޖެއަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ. އަދި މިއީ ރާއްޖޭގެ ވަކިވަކި ފަރުދުންގެ މިންނެތް މަސައްކަތުން ރާއްޖެ ދުނިޔޭގެ މަސްރަހުގައި ބަލައިގަނެފައިވާކަން ހާމަވާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

މިއީ ރާއްޖޭގެ ޚާރިޖިއްޔާގެ ތާރީހުގައި ލިބުނު އެންމެ ބޮޑު ކާމިޔާބު.

އޭޝިއާ-ޕެސިފިކް ގްރޫޕުން ރިޔާސަތު ބަަލަހައްޓަން ޖެހޭ ދައުރުގައި ފޮރިން މިނިސްޓަރ ޝާހިދު ރިޔާސަތަށް ނޮމިނޭޓް ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ. މި ދައުރު ފެށޭނީ 14 ސެޕްޓެމްބަރު 2021 ގައެވެ.

މިއީ ރާއްޖޭގެ ތާރީހުގައިވެސް އދ. ގެ ރިޔާސަތު ބަލަހައްޓާ ޤައުމަކަށް ރާއްޖޭގެ ފޮރިންގ މިނިސްޓަރަކު ހޮވުނު ފުރަތަމަ ފަހަރު އެވެ. މިއީ ކުދި ޤައުމުތަކުގެ ތެރެއިންވެސް ރާއްޖެއަށް ލިބުނު ބޮޑު ފަހުރެކެވެ. އެެއީ ރާއްޖޭގެ ފަރާތުން މިނިސްޓަރ ޝާހިދުގެ އިތުރުން ކުދި ޤައުމުތަކަށް އދ. އާންމު މަޖިލީހުގެ ރިޔާސަތު ލިބިފައިވަނީ ފަސް ފަހަރު ކަމަށްވާތީ އެވެ.

ރާއްޖެއިން އދ. އާއި ގުޅިފައިވަނީ 21 ސެޕްޓެމްބަރު 1965 ގައެވެ. އެ ދުވަހުން ފެށިގެން ރާއްޖެއަކީ އަދ. މެމްބަރު ގައުމުތަކުގެ ތެރޭގައި އެކްޓިވްކޮށް ހިމެނޭ ގައުމެކެވެ.

0
0
1
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *