އިނގިރޭސި ޕްރިމިއަރ ލީގުގައި ކުޅުނު މެޗުތައް މެންޗެސްޓަރ ޔުނައިޓެޑް އަދި ޗެލްސީއިން ކާމިޔާބުކޮށްފައެވެ. މި ދެ މެޗަކީ ވެސް ސީޒަނުގެ ކުރިޔަށް އޮތް ތަނުގައި ރަނގަޅު މަގާމެއްގައި ތިބުމަށް މި ދެޓީމުން ވެސް ކާމިޔާބުކުރުމަށް މުހިންމު މެޗުތަކެކެވެ. އެ

އެގޮތުން ޔުނައިޓެޑުން ވަނީ އެވަޓަންގެ ދަނޑުގައި 3-1 ގެ ނަތީޖާއަކުން އެޓީމުގެ މައްޗަށް ކުރި ހޯދާފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 19 ވަނަ މިނެޓުގައި ޖެހީ އެވަޓަންއިންނެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ބަނާޑްއެވެ. މެޗުގެ 25 ވަނަ މިނެޓުގައި ޔުނައިޓެޑަށް އެއްވަރުކޮށްދިނީ ބްރޫނޯ ފަނާންޑޭޒްއެވެ. އޭގެ ހަތް މިނެޓު ފަހުން އެޓީމަށް ލީޑު ނަގައިދިނީ ވެސް އޭނާއެވެ. މި މެޗުގައި ޔުނައިޓެޑުން ޖެހި ތިންވަނަ ލަނޑު އެޓީމަށް ޖަހައިދިނީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެޑިންސަން ކަވާނީއެވެ. މިއީ އޭނާ ޔުނައިޓެޑަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. 

ޗެލްސީއިން ވަނީ އަމިއްލަ ދަނޑުގައި 4-1 އިން ޝެފީލްޑް ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދާފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޝެފީލްޑުންނެވެ. މެޗުގެ 9 ވަނަ މިނެޓުގައި އެޓީމަށް މި ލަނޑު ޖަހައިދިނީ ޑޭވިޑް މެކްގޮލްޑްރިކްއެވެ. ޗެލްސީއަށް 23 ވަނަ މިނެޓުގައި އެއްވަރުކޮށްދިނީ ޓެމީ އެބްރަހަމްއެވެ. އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 34 ވަނަ މިނެޓުގައި ބެން ޗިލްވެލް ޖަހައިދިންއިރު ތިންވަނަ ލަނޑު 77 ވަނަ މިނެޓުގައި ޖަހައިދިނީ ތިއާގޯ ސިލްވާއެވެ. މެޗުގެ 80 ވަނަ މިނެޓުގައި ޗެލްސީގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ޓީމޯ ވާނާއެވެ. 

މި މެޗުތަކާއެކު 15 ޕޮއިންޓާއެކު ޗެލްސީ ވަނީ ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. 10 ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ 14 ވަނައިގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.