ހުޅުމާލެ މެޑިކަލް ފެސިލިޓީ

ކޮވިޑްގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 188 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (ޢެޗްޕީއޭ) ގެ މައުލޫމާތުތައް ދައްކާގޮތުން ބަލީގައި އެންމެފަހުން މަރުވެފައިވަނީ ރޭ 8:40 ގައި މަރުވި މީހެކެވެ. އެއީ 75 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

ފާއިތުވި ދުވަސްތަކުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވަމުން ދިޔަނަމވެސް ކޮވިޑުގައި ގިނަ އަދަދަކަށް މީހުން އަންނަނީ މަރުވަމުންނެވެ.

އެންމެފަހުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕްގައި ހިމެނިވަޑައިގަންނަވާ ޑރ. ނަޒްލާ މުސްތަފާ ވިދާޅުުވީ ކޭސްތަކުގެ އަދަދު ދަށަށް ދިޔަ ނަމަވެސް، ކޮވިޑްގައި މަރުވާ މީހުންގެ އަދަދުތައް ދަށަށްދާން ފަށާނެކަމަށް ބެލެވެނީ ކޭސްތައް ދަށަށްދާތާ ދޭއް ނުވަތަ ތިން ހަފްތާ ފަހުން ކަމަށެވެ. ސަބަބެއްކަމަށް ވިދާޅުވީ ކޭސްތައް ދަށަށްދާން ފަށާއިރު ހޮސްޕިޓަލުގައި ތިބޭ ފަރާތްތައް ބަލިން ފަސޭހަވާން ފަށާނީ އޭގެ ދެ ހަފްތާ ފަހުން ކަމަށްވާތީ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.