ކޮވިޑް 19 ގެ ސަބަބުން ބަންދުކުރި މާލޭ ސަރަހައްދުގެ ކުޅިވަރު ދަނޑުތަކާއި ޕާކްތައް ހުޅުވާލުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ. 

މުޅި ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވީ ނަމަވެސް އެޗްޕީއޭއިން ވަނީ ވަކިގޮތެއް އަންގަންދެން ބައެއް ލުއިތައް ދިނުމަށް ނިންމައި ޕާކްތަކާއި ކުޅިވަރު ދަނޑުތައް ހުޅުވާލުމަށް ނިންމާފައެވެ. 

އެގޮތުން އެެޗްޕީއޭއިން ކުރި އިއުލާނެއްގައި ވަނީ އެ އިދާރާގެ ގައިޑްލައިންތަކާ އެއްގޮތަށް،
ޔޫތު މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެމަތިން މުބާރާތްތައް ފިޔަވައި، ކޮންޓެކްޓް
ސްޕޯޓްސް އާއި އައުޓްޑޯ ކުޅިވަރުތައް ކުޅުމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށް ހާމަކޮށްފައެވެ. އަދި އެއްފަހަރާ 15 މީހުންނަށްވުރެ ގިނަ ނުވާ ގޮތަށް ކުޅިވަރުތައް ބަލަން ދިޔުމަށް ވެސް ފުރުސަތުތައް ވަނީ ހުޅުވާލާފައެވެ. އަދި އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް،
ޕާކުތަކާއި މައިޒާންތަކާއި ދާރުލް އާސާރުތަކާއު އާންމުން އެއްވެ އުޅޭ ތަންތަން
ހުޅުވާލުމަށް ވެސް ވަނީ ނިންމާފައެވެ. 

މާލޭގައި ފުޓްސަލް ދަނޑުތައް ހުޅުވުން ލަސްވާތީ ޒުވާނުން ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެއެވެ. މާލޭގައި ކޮވިޑްގެ ހާލަތު ދެވަނަ ފަހަރަށް ގޯސްވުމަށްފަހު މިހާރު ވަނީ ކޮވިޑްގެ ހާލަތު ރަނގަޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.