އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުވުމުގެ މަގާމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަކީ މަގަމާށް ގާބިލް އަދި ކުޅަދާނަ ބޭފުޅެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައިސް މުހައްމަދު ނަޝީދު ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވީ މިނިސްޓަރ ޝާހިދަކީ ކުޅަދާނަ އަދި ގާބިލް ބޭފުޅެއް ކަމަށެވެ. ދުނިޔެ ހޫނުވުމުގެ މައްސަލައެއް ނުވަތަ އަމަން އަމާންކާމާއި ސުލްހަ މަސަލަސްކަން ދެމެެހެއްޓުމުގެ ކަމެއްކަމުގައިވީނަމަވެސް ނުވަތަ ރެފިޔުޖީންގެ މައްސަލައެއް ކަމުގައި ވީނަމަވެސް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަކީ އެކަމަކާ ކުރިމަތިލުމުގެ ކުޅަދާނަކަމާ ގާބިލިއްޔަތުކަން ހުރި ބޭފުޅެއް ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރ އދ. ގެ ރިޔާސަތު ބެލެހެއްޓުވުމަށް ރާއީސްކަމުގެ މަގާމަށް ކުރިމަތިލައްވާފައިވާއިރު އެ އިންތިހާބު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖެ ގަޑިން 19:00 މިނެޓުގައެވެ.

މި އިންތިހާބުގައި ފޮރިން މިނިސްޓަރ ޝާހިދާއި ވާދަކުރައްވަނީ އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޒަލްމައި ރަސޫލް އެވެ.

މި އިންތިޚާބު ކާމިޔާބުކޮށް އާއްމު މަޖިލީހުގެ ރައީސްކަން ހޯދުމުގެ ކެމްޕެއިނަށް މި އަހަރު ރާއްޖޭގެ ބަޖެޓުން 4.3 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މި އިންތިޚާބު ދިވެހިރާއްޖެއަށް ކާމިޔާބު ކޮށްދިނުމަށް ފޮރިން މިނިސްޓްރީއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި އިންތިޚާބުގައި އިންޑިއާ އާއި ސައުދީ އަރަބިއްޔާގެ އިތުރުން ގިނަ ގައުމުތަކަކުން ވަނީ އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ރާއްޖެއަށް ދިނުމަށް ތާއީދުކުރާކަން ހާމަކޮށްފަ އެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލިސް ފަށަން ތާވަލްކޮށްފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ގައެވެ.  ކޮންމެ ދައުރަކަށް ވަކި ރައީސަކު އިންތިހާބު ކުރާއިރު އާންމު މަޖިލީހުގެ ދައުރު ފެށުމުގެ ތިން މަސް ކުރިން މަގާމުތަކަށް މެމްބަރުން އިންތިހާބުކުރާގޮތަށް ވަނީ ހަަމަޖެހިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.