ގްރޭޓަރ މާލޭ ސަރަހައްދުގައި އެއްގަމު އުޅަދުފަހަރު ދުއްވައި، މަގުމައްޗަށާއި އާންމު ތަންތަނަށް މީހުން ނުކުމެ އުޅެވޭނެ ގަޑިތަކަށް ބަދަލުގެނެސްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ހާމަކޮށްފައިވާ ގޮތުގައި ގްރޭޓަރ މާލޭ ސަރަހައްދުގައި ވެހިކަލް ދުއްވުމާއި އާންމު ތަންތަނަށް ނުކުތުން މިހާރު މަނާ ވާނީ ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 04:00 އަށެވެ. މިއީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން މައިމޫނާ އަބޫބަކަރުށް ގާނޫނޫން ލިބިދީފައިވާ ބާރުގެ ތެރެއިން އެކަމަނާ ނިންމެވި ނިންމެވުމެކެވެ.

ކާފިއު ގަޑިއަށް ބަދަލު ގެނައުމުގެ އިތުރުން، ގްރޭޓަރ މާލޭ ސަރަހައްދު މަގުމަތީގައި 15 މީހުންނަށްވުރެ ގިނަ ނުވާނޭ ފަދަ ގޮތަކަށް އެއްވެ އުޅުމުގެ ހުއްދަވެސް އެޗްޕީއޭ އިން ވަނީ ދީފައެވެ. އަދި، ޕާރކްތަކާއި، ދާރުލް އާސާރުތަކާއި މައިޒާންތަކާއި އާންމުން އެއްވެ އުޅޭ ތަންތަން ހުޅުވާލުމަށްވެސް ވަނީ ނިންމާފައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އެންމެ ފަހުން ލުއި ދީފައިވަނީ 16 އޮކްޓޯބަރުގައެވެ. އެ ފަހަރު ދުއްވުމާއި އާންމު ތަންތަނަށް ނުކުތުން މަނާ ވާނީ ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 04:00 އަށް ކަަމަށް ކަނޑައެޅިއެވެ.

ޖުލައި 1 އިން ފެށިގެން ލޮކްޑައުންގެ ހާލަތައް ލުއިދެމުން ސަރުކާރުން އަންނަ އިރު، ކޮވިޑް ޖެހޭ މީހުންގެ އަދަދުވެސް މިހާރު ދަނީ ކުރިއާ އަޅާ ބަލާއިރު ދަށް ވަމުންނެވެ. ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 11،962 އަށް އަރާފައިވާއިރު، 11,066 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ކޮވިޑް ޖެހިފައި ތިބީ 850 މީހުންނަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.