އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް އެގައުމުގެ 46 ވަނަ ރައީސްގެ ގޮތުގައި ޑިމޮކްރަޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑެން އިންތިހާބުވެވަޑައިގެންފިއެވެ.
އިންތިހާބު ކާމިޔާބު ކުރެއްވުމަށް ބޭނުންވާ އިލެކްޓޯރަލް ކޮލެޖްގެ 290 ވޯޓު ކަށަވަރުކުރައްވާފައެވެ. ރައީސް ކަމަށް އިންތިހާބުވަނީ 270 ވޯޓު ހޯދާ ކެންޑިޑޭޓެކެވެ. އެގޮތުން ބައިޑެން ވަނީ ޕެންސެލްވީނިއާގެ ވޯޓުތައް ކަށަވަރުކޮށް އިންތިހާބު ކާމިޔާބު ކުރައްވާފައެވެ.
އެމަނިކުފާނުގެ ނައިބް ރައީސެއްގެ ގޮތުގައި އިންތިހާބުވެވަޑައިގެންނެވި ކަމާލާ ހެރިސް ވެގެންދާނީ އެގައުމުގެ ފުރަތަމަ އަންހެން ނައިބް ރައީސަށެވެ. އަދި ދެކުނު އޭޝިއާގެ ކަޅު ނަސްލުގެ ނައިބް ރައީސަކު އިންތިހާބުވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
އިންތިހާބުވެވަޑައިގެންނެވުމާއި ގުޅިގެން ނެރުއްވި ބަޔާނެއްގައި ބައިޑެން ވިދާޅުވީ އެމެރިކާގެ ރައްޔިތުން އެމަނިކުފާނަށް ކުރެއްވި އިތުބާރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. ރެކޯޑް އަދަދަކަށް މީހުން ވޯޓުލިކަން ފާހަގަކޮށް ބައިޑެން ވަނީ މިއީ އެމެރިކާގެ ހިތުގައި ވަނީ ޑިމޮކްރަސީ ކަމަށެވެ.
ބަރަކް އޮބާމާ އެމެރިކާގެ ރައީސްކަން ކުރެއްވި ދެ ދައުރުގައި ވެސް ބައިޑެން ވަނީ ނައިބް ރައީސްގެ މަގާމު ފުރުއްވާފައެވެ.