ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ސެކއިުރިޓީ ފެއިލްވިގޮތުގެ އިންކުއަރީއަށް ކައުންޓަރ ޓެރަރިޒަމް ސެންޓަރ، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީއަށް ހާޒިރުވެއްޖެ އެވެ.
މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީ (241 ކޮމެޓީ) އިން އަންނަނީ ސިފައިންގެ އެކި ފަންތީގެ ފަރާތްތައް ހާޒިރުކުރަމުންނެވެ. އެކަމުގައި މަޖިލީހާއި، ދިފާއީ ހިދުމަތާއި ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދި، ބޮޑެތި ނޫސްބަޔާންތަކެއްވެސް ނެރިފައިވެއެވެ.
މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއްކަމަށް ފުލުހުން ވަނީ ކަނޑައަޅާފަ އެވެ. އަދި އެ ހަމަލާއަކީ ސީދާ އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާއެއްކަމަށްވެސް ކަނޑައަޅާފައިވެއެވެ.
ޒަކަރިއްޔާ މަންސޫރަކީ ކައުންޓަރ ޓެރަރިޒަމް ސެންޓަރު އިސްވެރިޔެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންގެންދަވާ ބޭފުޅާ އެވެ. އެހެންކަމުން އެ ހަމަލާ އާއި ޓެރަރިޒަމް އާއި ގުޅުން އޮތް މިންވަރުގެ މައުލޫމާތު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ބޭފުޅުންގެ ތެރޭގައި އޭނާ ހިމެނި ވަޑައިގަންނަވާނެ އެވެ.