ކްރިމިނަލް ކޯޓަށް 2 ފަނޑިޔާރަކު ހޯދަން ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާން ކޮށްފިއެވެ.
ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ކްރިމިނަލް ކޯޓަށް ބޭނުންވާ ގާޒީކަމުގެ 2 ވަޒީފާއަށް ހުޅުވާލާ ކަމަށާއި، މި މަގާމަށް ކުރިމަތިލެއްވޭނީ 25 އަހަރު ފުރިފައިވާ ފަރާތްތަކަށް ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ލިބޭ މުސާރަ އާއި އިނާޔަތްތައް:
- އަސާސީ މުސާރައެއްގެ ގޮތުގައި މަހަކު - 30،000 ރުފިޔާ
- ލިވިންގ އެލަވެންސްއެއްގެ ގޮތުގައި މަހަކު - 15،000 ރުފިޔާ
- ރިސްކު އެލަވެންސްގެ ގޮތުގައި މަހަކު - 3،300 ރުފިޔާ
ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތައް ޖޭއެސްސީގެ އިއުލާންގައި ވަނީ ހިމަނާފަ އެވެ.
ޖޭއެސްސީން ބުނީ، ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުގެ ސުންގަޑި 20 ޖޫން 2021 ވަނަ ދުވަހުގެ 13:00އަށް ހަމަވާނެ ކަމަށެވެ. އޭގެ ކުރިން އީމެއިލް މެދުވެރިކޮށް ފަނޑިޔާރު ކަމަށް އެދި ހުށަހަޅާ ފޯމާއި، ލިޔެކިޔުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެ ކޮމިޝަންގެ ރަސްމީ އީމެއިލްއަށް ފޮނުވުމުން ފޯމު ބަލައިގަންނާނެ ކަމަށެވެ.