ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓް ހަމަލާއާއި ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީން ކުރިިއަށްގެންދާ އެމަނިކުފާނުގެ ސެކިއުރިޓީ ފެއިލްވިގޮތުގެ އިންކުއަރީއަށް ސަރުކާރުން އެއްވެސް ވަރަކަށް ހުރަސްނާޅާކަމަށް ކޮމެޓީގެ މުޤައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ފެއިލްވިގޮތުގެ އިންކުއަރީގެ މަސައްކަތްތަަކުގެ އެންމެ ފަހުގެ މައުލޫމާތުތައް މީޑިއާއަށް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ މި އިންކުއެރީއަށް ހުރަސް އެޅުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް އެއްވެސް މިންވަރަކަށް ކުރާ ކަމުގެ މައުލޫމާތު ލިބިފައި ނުވާކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯހުވެސް އޭނާ އާ ކުރެއްވި މުއާމަލާތުގައި އެދިވަޑައިގެންފައިވަނީ މި އިންކުއެރީ ރަނގަޅަށް ކުރިއަށް ގެންދިއުމަށް ކަމަށް އަސްލަމް ވިދާޅުވި އެވެ.
ސިދާ ރައީސް ސޯލިހުވެސް އެދިވަޑައިގެންފައި ވަނީ މި އިންކުއެރީ ރަނގަޅަށް ކުރިއަށް ގެނދިދުމަށް
އަސްލަމް އާއި އެ ސުވާލު އަމާޒުކުރެވުނީ ރައީސް މުހައްމަދު ނަޝީދުގެ މެސެޖެއްކަމަށް ވިދާޅުވެ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް އެމްޑީޕީގެ ޗެއަރޕާސަން ރޭ ފޮނުއްވި މެސެޖަކާއި ގުޅިގެންނެވެ. އޭގައި އިންކުއަރީއަށް ރައީސް ސޯލިހް ހުރަސްއަޅުއްވާކަމަށް ތުހުމަތުކޮށްފައިވެއެވެ.
މިއީ ރައީސް ނަޝީދު، ރައީސުލްޖުމްހޫރިއްޔާ ލޮބީ ކުރައްވައިގެން އެމްއެންޑީއެފްގެ ވަކިވަކި ސިފައިން 241 އަށް ހާޒިރު ވިޔަ ނުދޭން މަސައްކަތް ކުރައްވާ ސަބަބެއް އެއްގޮތަކަށް ވެސް ނުވިސްނޭ.
މި އިންކުއެރީއަށް ބޭނުންވާ މައުލޫމާތު އެކިއެކި މުއައްސަސާތަކުންނާއި އެކިއެކި ފަރުުދުންގެ ފަރާތުން ލިބެންވާނެކަމަށް ގަބޫލު ކުރައްވާކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި މިހާތަނަށް މި އިންކުއެރީއަށް ފުލުހުންނާއި، ސިފައިން އަދި އެހެނިހެން ވުޒާރާތަކުގެ އެއްބާރުލުން ލިބެމުންދާކަން އަސްލަމް ފާހަގަ ކުރެއްވިއެވެ.
އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިފަދަ އިންކުއުރީއެއް ހިންގާ މިއީ ފުރަތަމަ ފަހަރު ކަމަށާއި އަލަށް ކަންކަން ކުރާއިރު މުއާމަލާތް ކުރުމުގައި މައްސަލަތަކެއް ދިމާވެދާނެކަމަށް ގަބޫލުކުރަންޖެހޭކަމަށެވެ. އަދި ދިމާވާ ބައެއް ކަންކަންމާއި، އިދާރީ މައްސަލަތައްވެސް ހުންނާނެ ކަމަށެވެ. ނަމަވެސް އެކަންކަން ބަލަން އުޅުމަށްވުރެ އިންކުއަރީ ކުރިއަށްގެންދިއުން މުހިންމުކަމަށް އަސްލަމް ވިދާޅުވި އެވެ.
އަލަށްކަންކަން ކުރާއިރު ހުންނާނެ ކުދިކުދި އިދާރީ މައްސަލަތައް އެމައްސަލަތަކުގައި ހިފައިގެން އުޅެންޖެހިއްޖެނަމަ އަބަދު އުޅެންޖެހޭނީ އެކަމުގައި ކަމަށެވެ. ބޭނުންވަނީ އިންކުއެރީ ކުރިއަށް ގެންދަން.