ބިދޭސީން ލައްވައި މަސައްކަތް ކުރުވުން ފުވައްމުލަކު ސިޓީގައި ވަގުތީގޮތުން ހުއްޓުވައިފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިިލް އިދާރާއިން ބުނީ، އެ ސިޓީގައި ބިދޭސީން ލައްވާ މަސައްކަތްކުރުން ވަގުތީގޮތުން ހުއްޓުވާފައިވަނީ އެ ސިޓީގައި ހަލުވިކަމާއިއެކު ކޯވިޑް ފެތުރެމުންދާތީ އާއި އެ ސިޓީގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސީން ކޯވިޑް އަށް ޕޮޒިޓީވް ވަމުންދާތީ ކަމަށެވެ. އަދި މިއީ އެ ސިޓީގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޅި ފިޔަވަޅެއް ކަަމަށް ކައުންސިލުން ބުނެއެވެ.

ފުވައްމުލަކުގައި ބިދޭސީން ލައްވާ މަސައްކަތްކުރުވުން ހުއްޓުވާފައި ވަނީ މިއަދުން ފެށިގެން މިމަހުގެ 14 ގެ ނިޔަލަށެވެ.

މި މުއްދަތުގައި ކާބޯ ތަކެތި ޑެލިވަރީ ކުރުންފަދަ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ބިދޭސީން ލައްވާ މަސައްކަތް ކުރުމަށް އީއޯސީ އިން ހުއްދަ ހޯދަންޖެހޭނެ ކަމަށް ވެސް ކައުންސިލުން ބުނެއެވެ.

މި އެންގުމާއި ޚިލާފްވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 143 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ކައުންސިލުން ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.