މިހިނގާ ޖޫން މަހުގެ 10 ވަނަ ދުވަހު އިއުލާންކުރުމަށް ހަމަޖެހިފައިވާ ސްޓޫޑެންޓް ލޯނު ސްކީމްގެ ފައިނަލް ނަތީޖާ އިއުލާންކުރުން ފަސްކޮށްފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ބުނީ މަތީ ތަޢުލީމާއި ތަމްރީނަށްދޭ ލޯނު ސްކީމަށް ފެބްރުއަރީ މަހު ހުޅުވާލެވުނު ފުރުޞަތަށް ކުރިމަތިލީ ފަރާތްތަކުގެ ދާއިމީ ނަތީޖާ އިއުލާން ކުރުން ފަސްކޮށްފައިވަނީ ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރުމަށް ސަރުކާރުން ހަމަޖައްސަވާފައިވާތީ ކަމަށެވެ.

މީގެ އިތުރުން މި މަސައްކަތް ކުރާ ބައެއް މުވައްޒަފުންނަށްވެސް މި ބަލި ތަހައްމަލް ކުރަންޖެހުމުގެ ސަބަބުން މިނިސްޓްރީއަށް ލިބިފައިވާ ޝަކުވާތައް ބެލުމަށްފަހު ދަރިވަރުންނަށް ޖަވާބު ދިނުމަށް އިތުރު ވަގުތު ބޭނުންވާތީ ކަމަށް މިނިސްޓްރީން ބުނެއެވެ. އެހެންކަމުން މި ލޯން ސްކީމުގެ ދާއިމީ ނަތިޖާ އިޢުލާން ކުރުމަށް ކުރިން ހަމަޖައްސާފައިވާ ތާރީޚު މި ހިނގާ ޖޫން މަހުގެ 20 ގެ ނިޔަލަށް ފަސްކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ލޯން ސްކީމުން ފުރުސަތު ލިބޭ ދަރިވަރުންގެ ތެރެއިން މިހާރު ކިއަވަމުންދާ ދަރިވަރުންނަށް މިހިގާ ސެމިސްޓަރގައި ލިބެންޖެހޭ ފައިސާ، އެ ދަރިވަރުން އަމިއްލަ ގޮތުން ޚަރަދުކޮށްފައިވީ ނަމަވެސް، މި މިނިސްޓްރިއިން އެ ފައިސާ "ރި-އިންބާސް" ކޮށްދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.