ހަކަތައިގެ ދާއިރާއަށް ޚާއްސަ އިންވެސްޓަރ ކޮންފެރެންސެއް ބޭއްވުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން ނިންމައިފިއެވެ.
ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް ސޯލަރ އެލަޔަންސް އާއި ގުޅިގެން ވާރޗުއަލްކޮށް ބޭއްވުމަށް ހަމަޖެހިފައިވާ މިކޮންފްރެންސް އޮންނާނީ މިހިނގާ ޖުން މަހުގެ 23 ވާ ބުދަ ދުވަހު ރާއްޖެ ގަޑިން 4 ޖަހާއިރުއެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މިކޮންފަރެންސް ބޭއްވުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ 2030 ވަނަ އަހަރު ރާއްޖެ ނެޓް ޒީރޯ ޤައުމަކަށް ވުމަށް ކުރާ މަސައްކަތުގައި ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި އަމާޒުހިފާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ކަނޑައަޅައިފައިވާތީ އެވެ. އަދި ރާއްޖޭގައި ހަކަތައިގެ ދާއިރާގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ މައުލޫމާތު ރާއްޖެއާއި ބޭރުގެ އިންވެސްޓަރުންނަށް ފޯރުކޮށްދިނުން ކަމަށް މިނިސްޓްރީން ބުންޏެވެ.
މިހާރުވެސް ވޯލްޑް ބޭންކްގެ އެހީގައި ދިވެހި ސަރުކާރުން ކުރިއަށްގެންދާ އެކްސަލަރޭޓިންގ ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަބަލް އެނަރޖީ – އެސްޕަޔަރ ޕްރޮޖެކްޓް އަދި އެކްސަލަރޭޓިންގް ރިނިއުވަބަލް އެނާރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާރޖީ - އެރައިސް ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމުކުރާ ސޯލަރ ހަކަތައިގެ ނިޒާމުތަކަށް އެންމެ ރަނގަޅު އިންވެސްޓްމަންޓް ފުރުސަތުތަށް ހޯދުމަކީވެސް މިކޮންފަރެންސްގެ ޒަރީއާއިން ފަހިވެގެންދާނެ ކަމެއް ކަމަށެވެ.
މިކޮންފެރެންސް ފެށުމުގެ ގޮތުން ދެއްވާ ޚާއްސަ ތަޤްރީރުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އާމިނަތު ޝައުނާ، ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ދިވެހި ސަރުކާރުންގެ ގެންގުޅުއްވާ ތަސައްވުރު ހުށަހަޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ކޮންފަރެންސްގައި ތަޤްރީރުކުރައްވާ އެހެން ބޭފުޅުންގެ ތެރޭގައި އިންޓަރނެޝަނަލް ސޯލަރ އެލަޔަންސް ގެ ރައީސް އަދި އިންޑިއާގެ ނިއު އެންޑް ރިނިއުވަބަލް އެނާރޖީ މިނިސްޓަރ ރާޖް ކުމާރު ސިންގް ވެސް ހިމެނެއެވެ.
މިކޮންފަރެންސްގައި ކުދި ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީގައި ހަކަތައިގެ އިންފްރާސްޓަރަކްޗަރގެ ދައުރާއި ބެހޭގޮތުން ވާހަކަދެއްކެވުމަށް ޚާއްސަ ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ގެންދިއުމަށް ރާވާފައިވެއެވެ.
މިޕެނަލް ޑިސްކަޝަންގައި ސޭޝަލްސްގެ ތިމާވެށީގެ ވަޒީރު ފްލެވިއަން ޖޯބާރޓް އާއި ސްރިލަންކާގެ ހަކަތައިގެ ވަޒީރު ދުއްލަސް އަލަހައްޕެރުމާ އާއި މޮރިޝަސްގެ ހަކަތައިގެ ވަޒީރު ޖޯޖް ޕިއަރޭ ލެސްޖޮންގާޑްގެ އިތުރުން ދިވެހިރާއްޖޭގެ އެންވަޔަރަންމަންޓް މިނިސްޓަރީގެ ޕާމަނަންޓް ސެކްރަޓަރީ އަޖްވަދު މުސްތަފާ ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މިކޮންފަރެންސްގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިހިނގާ ޖޫން މަހުގެ 21 ވާ އަންގާރަދުވަހުގެ ނިޔަލަށެވެ. ކޮންފަރެންސްގައި