ރ.އުނގޫފާރުގައި ދަންޖެހިފައި ހުރި ކުއްޖަކު ފެނިއްޖެއެވެ.
ރ.އުނގޫފާރު ހޮސްޕިޓަލުން ޖަޒީރާނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި، ދަންޖެހިފައި ވަނިކޮށް ފެނިފައިވަނީ ޒުވާން ފިރިހެންކުއްޖެކެވެ. އެކުއްޖާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދެވިފައިވަނީ 12:45 ހާއިރުއެވެ.
މިހާރު އެ ކުއްޖާ މަރުވެފައިވާކަން ކޮންފާރމްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ކޮންފާރމް ނުވަނީސް އިތުރު މައުލޫމާތުދޭން ދަތިކަމަށް އެ ހޮސްޕިޓަލުންވަނީ ބުނެފައެވެ. އެ ކުއްޖާގެ މަރު ކޮންފާރމްކުރުމަށް ފުލުހުންނާއި ޑޮކްޓަރުންދަނީ މިހާރު މަސައްކަތް ކުރަމުންނެވެ.
އިތުރު ތަފްސީލް އަންނަނީ.