އެމެރިކާގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ބައިޑަންއަށް އިންތިހާބު ކާމިޔާބުވި ކަމުގެ މަރުހަބާ ދެންނަވައި އިންތިހާބީ ރައީސްގެ ގޮތުގައި މުހާތަބު ކުރައްވާފައިވީ ނަމަވެސް ރަސްމީކޮށް އަދި ބައިޑަން އިންތިހާބު ކާމިޔާބު ކުރެއްވި ކަމެއް އިއުލާނެއް ނުކުރެއެވެ. 

ވާދަވެރި އިންތިހާބުގައި މިހާރު ރައީސް ޑޮނަލްޑް ޓްރަމްޕާއި ބައިޑަންއަށް ވެސް މިހާތަނަށް އިންތިހާބު ކާމިޔާބު ކުރުމަށް ބޭނުންވާ، 270 އިލެކްޓޯރަލް ކޮލެޖު ވޯޓު ހޯދިފައެއް ނުވެއެވެ. ނަމަވެސް ކުރީގައި އުޅުއްވަނީ ބައިޑަންއެވެ. ބައިޑަންއަކީ އެމެރިކާގެ ތާރީހުގައި ވެސް އެންމެ ގިނަ ޕޮޕިއުލާ ވޯޓު ލިބިވަޑައިގެންނެވި ކެންޑިޑޭޓަށް ވަނީ ވެފައެވެ. 

ރައީސް ނަޝީދު، ބައިޑަންއަށް މަރުހަބާ ވިދާޅުވެ، ކުރެއްވި ޓްވީޓްގައި ވިދާޅުވީ ޕެރިސްގެ ތިމާވެށްޓާބެހޭ އެއްބަސްވުމުގައި ބައިޑަންގެ ރައީސް ކަމުގައި އަލުން އެމަރިކާ ބައިވެރިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. 

އިންތިހާބު ކުރިއަށް ދިޔަ ފަހުން އެމެރިކާއިން ވަނީ ޕެރިސްގެ ތިމާވެށްޓާބެހޭ އެއްބަސްވުމުން ވަކިވެފައެވެ. ރައީސް ޓްރަމްޕްގެ އެ ނިންމެވުމުން ވެރިކަމުގެ ފުރަތަމަ ދުވަހު ބަދަލު ކުރައްވައި އަލުން ޕެރިސްގެ ތިމާވެށްޓާބެހޭ އެއްބަސްވުމާ ގުޅޭނެ ކަމަށް ބައިޑަން ވަނީ ވިދާޅުވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.