ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ ރައީސަކު ހޮވުމުގެ އިންތިހާބުގައި މިރޭ ބާއްވާނެއެވެ. މި އިންތިހާބު ހާއްސަވާ އެއް ސަބަބަކީ ރާއްޖޭގެ ފޮރިންގ މިނިސްޓަރ އިބްދުﷲ ޝާހިދުވެސް އާންމު މަޖިލީހުގެ ރައީސްކަމަށް ވާދަކުރައްވާ އިންތިހާބަކަށްވާތީ އެވެ.

މި އިންތިޚާބުގެ ވޯޓުލުން ފަށާނީ ރާއްޖެ ގަޑިން މިރޭ 7:00 ގައެވެ.

މި އިންތިހާބުގައި ފޮރިން މިނިސްޓަރ ޝާހިދާއި ވާދަކުރައްވަނީ އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ.ޒަލްމައި ރަސޫލް އެވެ.

މި އިންތިޚާބު ކާމިޔާބުކޮށް އާއްމު މަޖިލީހުގެ ރައީސްކަން ހޯދުމުގެ ކެމްޕެއިނަށް މި އަހަރު ރާއްޖޭގެ ބަޖެޓުން 4.3 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މި އިންތިޚާބު ދިވެހިރާއްޖެއަށް ކާމިޔާބު ކޮށްދިނުމަށް ފޮރިން މިނިސްޓްރީއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި އިންތިޚާބުގައި އިންޑިއާ އާއި ސައުދީ އަރަބިއްޔާގެ އިތުރުން ގިނަ ގައުމުތަކަކުން ވަނީ އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ރާއްޖެއަށް ދިނުމަށް ތާއީދުކުރާކަން ހާމަކޮށްފަ އެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލިސް ފަށަން ތާވަލްކޮށްފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ގައެވެ.  ކޮންމެ ދައުރަކަށް ވަކި ރައީސަކު އިންތިހާބު ކުރާއިރު އާންމު މަޖިލީހުގެ ދައުރު ފެށުމުގެ ތިން މަސް ކުރިން މަގާމުތަކަށް މެމްބަރުން އިންތިހާބުކުރާގޮތަށް ވަނީ ހަަމަޖެހިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.