ފެމިލީ ކޯޓު

މެޖިސްޓްރޭޓް ކޯޓުތަކުގެ ބޭނުމަށް ވަރި އަދި ކައިވެނީގެ ސެޓްފިކެޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން  އިއުލާންކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މެޖިސްޓްރޭޓް ކޯޓުތަކުގެ ބޭނުމަށް 500 ވަރީގެ ސެޓްފިކެޓާއި 1500 ކައިވެނީގެ ސެޓްފިކެޓް ތައްޔާރުކުރަން ބޭނުންވާކަމަށެވެ. އެހެންކަމުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޖޫން މަހުގެ 10 ވަނަ ދުވަހު 14:00 ގެ ކުރިން އަށް މެއިލްކުރުމަށް އެދިފައިވެއެވެ.

އެކަމާގުޅޭ މަޢުލޫމާތު ޝީޓް ޑީޖޭއޭގެ ވެބްސައިޓްގެ ޕްރޮކިއުމަންޓް ނޯޓިސް ބޯޑުގެ ކުދި މަރާމާތު އަދި އެހެނިހެން ޕްރޮކިއުމަންޓް ބައިން ލިބެން ހުންނާނެ ކަމަށް އެ ޑިޕާޓްމަންޓުން ބުނެއެވެ. އަދި މި މަސައްކަތާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވާނަމަ ޑީޖޭއޭގެ މެއިލް އެޑްރެސް އަށް މިމަަހުގެ 9 ވަނަ ދުވަހުގެ 09:00 ގެ ކުރިން މެއިލް ކުރުން ވަނީ އެދިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.