ކޮވިޑް-19 ޖެހިގެން އުމުރުން 88 އަހަރުގެ ދިވެއްސަކު މިއަދު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ބުނީ މިއަދު 3:50 ހާއިރު މަރުވެފައި ވަނީ އުމުރުން 88 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިއީ ރާއްޖޭގައި ކޮވިޑް-19 ޖެހިގެން މަރުވި 39 ވަނަ މީހާ އެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 11،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ. އެކަމާ ގުޅިގެން ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ދުވާލަކަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު ނިސްބަތުން މަދުވި އެވެ. އެއާއެކު ސަރުކާރުން އަޅާފައި ހުރި ފިޔަވަޅުތައް ވެސް ވަނީ ލުއިކޮށްފަ އެވެ. 

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަދިވެސް ލޮކްޑާއުންއެއްގައި އޮތް އިރު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ވެސް ވަނީ އިތުރުކޮށްފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.