މާލޭ ގަރާޖެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
ފުލުހުން ބުނީ އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ މިއަދު ހަވީރު 4:10 ހާއިރު ހ. އޮއޭސިސް ވިއު ގައި ހުންނަ ގަރާޖެއްގައި ކަމަށެވެ.
އެ ހާދިސާ ހިނގުމުން ފުލުހުން އެ ސަރަހައްދަށް ދިޔައިރު އެ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ ހާދިސާ ހިނގަން މެދުވެރިވީ ކީއްވެ ކަމެއް އަދި ސާފެއް ނުވެ އެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ބަލަމުންނެވެ.