ދަރުމަވަންތަ ހޮސްޕިޓަލް -- ފޮޓޯ: މުހައްމަދު އަފްރާހް / ޖަޒީރާ

ކޮވިޑަށް ފަރުވާދެމުންދިޔަ 100 އަހަރުގެ ފިރިހެނަކު ރާއްޖެއިން މަރުވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖްނެސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާގޮތުން އެމީހާ މަރުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 9:33 ގައެވެ. އެއާއި އެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 187 އަށް އަރާފައެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުން މިއީ މިބަލީގައި މިއަދު މަރުވި ދެވަނަ މީހާ އެވެ. އަދި މިހާތަނަށް ރާއްޖެއިން މިބަލީގައި މަރުވި އެންމެ ދޮށީ މީހާއެވެ.

އިއްޔެވެސް ރާއްޖެއިން  ކޮވިޑަށް ފަރުވާދެމުންދިޔަ ތިން މީހަކު މަރުވެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.