ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

އޓެކްނިކަލް މައްސަލައެއް ދިމާވެ ރައްޔިތުންގެ މަޖިލިސްގެ މިއަދުގެ ޖަލްސާ ކެންސަލްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އެޖެންޑާކޮށްފަ އޮތީ ހެނދުނު 10:00 އަށެވެ. ނަމަވެސް 10:00 ވެގެންދިޔައިރުވެސް މަޖިލިސް ޖަލްސާ ފެށިފައެއް ނުވެ އެވެ.

10:26 ގައި މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރ ހަސަން ޒިޔާއު ވިދާޅުވީ ޓެކްނިކަލް މައްސަލައެއް ދިމާވެ މަޖިލިސް ޖަލްސާ ނުފެށިވާކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް ވަގުތު ނަގާނެކަމަށް ބެލެވޭތީ ޖަލްސާ ކެންސަލް ކޮށްފައިވާކަމަށެވެ. ނަމަވެސް ދިމާވި ޓެކްނިކަލް މައްސަލައަކީ ކޮބައިކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާގައި އެންމެ މުހިންމު މަސައްކަތަކަށް އޮތީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަޤާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަންކުރެއްވި އާމިނަތު ޝައުނާއަށް ރުހުން ދިނުމުގެ މައްސަލަ އެވެ.

ޝައުނާއަށް ރުހުން ދިނުން މިއަދު

އޭގެއިތުރުން ދެން އެޖެންޑާގައި އޮތީ ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ މަސައްކަތުގެ އިތުރުން އާމްދަނީން ޓެކްސް ނެގެމުގެ ބިލްގެ މަސައްކަތްތަކެވެ.

ކޮވިޑްގެ ހާލަތުކަމަށްވުމުން މަޖިލީހުގެ ޖަލްސާތައް ކުރިއަށްގެންދަނީ އޮންލައިން ކޮށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.