މިނިސްޓަރ އޮފް އެންވަޔަރަމަންޓް އައިމިނަތު ޝައުނާ | ފޮޓޯ: ރައީސް އޮފީސް

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަޤާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަންކުރެއްވި އާމިނަތު ޝައުނާއަށް ރުހުން ދިނުމުގެ މައްސަލަ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

މިނިސްޓަރުކަމަށް ޝައުނާ އައްޔަންކުރެއްވީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެވެ. އޭގެކުރިން ޝައުނާ ހުންނެވީ ރައީސް އޮފީހުގެ ޕޮލިސީ ސެކެޓްރީގެ މަޤާމުގަ އެވެ.

ޝައުނާއަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ. ކޮމިޓީގެ މެމްބަރުން ވަނީ ޝައުނާ އަކީ މި މަގާމަށް ވަރަށް ގާބިލު ބޭފުޅެއް ކަމަށް ވިދާޅުވެ، އޭނާއަށް ރުހުންދިނުމަށް ތައީދުކޮށްފައިއެވެ. އެގޮތުން އޭނާއަށް ރުހުންދިނުމަށް ހާޒިރުވެތިއްބެވި 8 މެމްބަރުންގެ ވޯޓާއި އެކު ވަނީ ފާސްކޮށްފައެވެ.

ޝައުނާއާއެކު މިނިސްޓަރުކަމަށް އައްޔަންކުރެއްވި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސެއިން ރަޝީދު ހަސަން އަށް ރުހުން ދިނުމާއިމެދު ކޮމެޓީން ގޮތެއް ނުނިންމަ އެވެ. ޑރ. ހުސެއިންއާ މެދު ގޮތެއް ނުނިމުނީ އޭނާއަކީ ކުންފުންޏެއްގެ ޝެއަރ ހޯލްޑަރަކަށްވާތީ، ގާނޫނު އަސާސީގެ 136 ވަނަ މާއްދާގައި ވަޒީރުންގެ މަޖިލީހުގެ މެމްބަރެއް ސަރުކާރުގެ މަގާމެއް، ނުވަތަ މަންފާއެއް ލިބޭ އެނޫންވެސް މަގާމެއް ފުރުއްވައިގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާތީ ކަމަށް ކޮމިޓީއަށް ފާހަގަ ކުރެވޭތީއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

1 ކޮމެންޓް

  1. […] ޝައުނާއަށް ރުހުން ދިނުން މިއަދު […]

ކޮމެންޓް

Your email address will not be published.