ލިވަޕޫލްގެ ޑިފެންސްގެ މައި ތަނބު ކަމަށްވާ ވާޖިލް ވެންޑައިކްއަށް އަނިޔާވުމާއި ގުޅިގެން އެޓީމުން ބަޔާން މިއުނިކްގެ ޑިފެންޑަރު ޑޭވިޑް އަލަބާ ގެނައުމުގެ ފުރުސަތު އެބައޮތް ކަމަށް ބަޔާންގެ ކުރީގެ ތަރި މާރިއޯ ބެސްލަރ ބުނެފިއެވެ.

ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއަކާއި ގުޅިގެން ވެންޑައިކް ހުރީ ދިގު މުއްދަތަކަށް ކުޅުމާއި ދުރުގައެވެ. ހަމައެހެންމެ ޖޮއެލް މަޓިޕް އަދި ފަބީނިއޯއަށް ވެސް އަނިޔާގެ މައްސަލަތަކެއް ކުރިމަތިވެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް އެޓީމުގެ ކޯޗު ޔާގެން ކްލޮޕްއަށް ވަނީ މަޖުބޫރުވެފައެވެ. 

މިކަމާއި ގުޅިގެން ބެސްލަރ ބުނީ ބެލެވޭ ގޮތުގައި އޭނާ ބަޔާން ދޫކޮށްލާނެ ކަމަށާއި ވެންޑައިކްއަށް ދިމާވެފައިވާ އަނިޔާގެ ސަބަބުން އޭނާ ލިވަޕޫލްއަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. 

އުމުރުން 28 އަހަރުގެ އަލަބާ އާއެކު ބަޔާނުން ކުރިޔަށް ގެންދިޔަ ކޮންޓްރެކްޓް އައުކުރުމުގެ މަޝްވަރާތައް ވަނީ ނާކާމިޔާބުވެފައެވެ. މިކަމުގެ އޮސްޓްރިއާގެ ގައުމީ ޓީމަށް ކުޅޭ ޑިފެންޑަރަށް ޔޫރަޕުގެ ބޮޑެތި ޓީމުތަކުން އަންނަނީ ފާރަލަމުންނެވެ. މީގެކުރިން ބަޔާންގެ ތިއާގޯ ވެސް ވަނީ އެޓީމުގެ ކޮންޓްރެކްޓް އައު ނުކޮށް ލިވަޕޫލްއަށް ބަދަލުވެފައެވެ. އެހެންކަމުން އަލަބާ ލިވަޕޫލްއަށް ދޫކޮށްލުމަށް އެޓީމުން ބޭނުންނުވާނެ ކަމަށް ބެލެވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.