ކޮވިޑް ބަލީގައި ރާއްޖެއިން މިއަދު 3 ވަނަ މީހަކު މަރުވެ މަރުވި މީހގުންގެ ޖުމްލަ 185 އަށް އަރައިފިއެވެ.
އެޗްޕީއޭއިން ބުނީ، ކޮވިޑް ބަލީގައި މިރޭ 19:40 ހާއިރު 41 އަހަރުގެ ދިވެހި އަންހެނެއް މަރުވެފައިވާ ކަމަށާއި، އޭނާ މަރުވީ ހުޅުމާލެ މެޑިކަލް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް ކަމަށެވެ.
ރާއްޖެއިން މިއަދު 3 މީހަކު ކޮވިޑްބަލީގައި މަރުވެފައިވާއިރު މިއަދު ހެންދުނު މަރުވި 2 މިހުން މަރުވެފައިވަނި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެވެމުން ދަނިކޮށެވެ.
ރާއްޖެއިން އިއްޔެވެސް ކޮވިޑްގެ 5 މަރު ރިޕޯޓު ކުރިއިރު، އޭގެ ތެރެއިން 4 މީހުން މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދަނިކޮށެވެ. އަދި ދެން މަރުވި މީހާއަކީ ޑީއެޗް11 ގައި ފަރުވާ ހޯދަމުންދަނިކޮށް މަރުވި މީހެކެވެ.