މޭގަން މާކަލްއާއި ޕްރިންސް ހެރީއަށް އަންހެން ދަރިކަނބަލަކު ލިބުނުކަން ވަނީ އާޗްވެލް ވެބްސައިޓްގައި ހާމަކޮށްފައެވެ. މޭގަން ވިހާފައި ވަނީ ޖޫން 4 ވަނަ ދުވަހުގެ ހެނދުނު 11:40 ގައެވެ.

އާޗްވެލް ފައުންޑޭޝަންގެ ވެބްސައިޓަގައި ހާމަކޮށްފައިވާގޮތުން މި ދަރިކަނބަލުންނަށް ކިޔާފައިވަނީ ލިލިބެތް ޑަޔާނާ ވިންޑްސޯ-މައުންޓބެޓަން އެވެ. އާއްމުކޮށް ލޯބިން ކިޔަނީ ލިލީއެވެ. ލިލިބެތް އަކީ ޕްރިން ހެރީގެ މާމަ ރާނީ އެލިޒަބަތުއަށް ކުޑައިރުއްސުރެ އާއިލާގެ ބޭފުޅުން ލޯބިން ކިޔާނަމެވެ. މިއީ މި ދެމަފިރިކަނބަލުންގެ ދެ ވަނަ ދަރުފުޅެވެ. ދެން ހުންނަނީ ލިލީ ގެ 2 އަހަރުގެ ބޭބެ އާރޗީއެވެ.

އާރޗީ އަދި ޕްރިންސް ހެރީ އެ އާއިލާގެ ރަސްކަންކުރާ އިނގެރޭސި ވިލާތަށް އުފަންވެފައި ވީ ނަމަވެސް ލިލީ އުފަންވީ މޭގަންގެ އުފަން ކެލިފޯނިއާއަށްކަން ފާހަގަކުރެވެއެވެ. ޕްރިންސް ހެރީ ވަނީ ވޭތުވެދިޔަ އަހަރު ޝާހީ އާއިލާގެ މަސައްކަތްތަކުން އެއްކިބާވެ އިނގެރޭސި ވިލާތްދޫކޮށް ގޮސްފައެވެ.

0
0
0
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.