ދ. ކަނޑިންމަ ރިސޯޓުގައި ކޮވިޑް-19 ޖެހުނު މީހަކު މަރުވި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައި އެވެ. 

ކަނޑިންމަ ރިސޯޓުގައި ކޮވިޑް-19 ފެތުރި އެ ރިސޯޓުގައި މަސައްކަތް ކުރަމުން ދިޔަ 60 އަހަރުގެ މީހަކު އެ ބައްޔަށް ޕޮޒިޓިވްވެ ވަރަށް ބޮޑަށް ހާލު ދެރަވެގެން ވަނީ ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން މަސައްކަތްކޮށްފަ އެވެ. އެހެން ނަމަވެސް މިދިޔަ މަހު 30 ވަނަ ދުވަހުގެ ރޭ އޭނާ ވަނީ މަރުވެފަ އެވެ. 

އެ މަރާ ގުޅިގެން އޭނާއަށް ފަރުވާ ނުދީ ލަސް ކުރި މައްސަލަ އޮތީ ފެންމަތިވެފަ އެވެ. އަދި ހެލްތު މިނިސްޓްރީ އިން އެކަމާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ހޯދި ހޯދުންތަކާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރުމަށް މިހާރު ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ.

އެ ރިސޯޓުގައި ކޮވިޑް-19 ފެތުރުނު ގޮތް ބެލުމަށް ހެލްތު ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) ގެ ޓީމެއް ވަނީ އެ ރަށަށް ގޮސްފަ އެވެ. އަދި ދ. އަތޮޅު ހޮސްޕިޓަލަށް ވެސް ޒިޔާރަތްކޮށް، މީހުންގެ ފަރާތުން މައުލޫމާތު ހޯދައި އެ މައްސަލައާ ގުޅޭ ރިޕޯޓެއް ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުއަށް ހުށަހަޅައިފަ އެވެ.

ކަނޑިންމަ ރިސޯޓުގައި މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 50 އަށް އަރައިފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.