ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުން -- ފޮޓޯ: ފުލުހުންގެ ހިދުމަތް

މިިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ތިން މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެގޮތުން މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދު އެންމެފަހުން އިތުރުކޮށްފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. އެގޮތުން މިފަހަރު ވެސް ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ 15 ދުވަހަށެވެ. މިއަދުގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ މުޖާޒް އަހުމަދު (މއ. ފޭރުގެ/ ކ.މާލެ) އާއި ތަހުމީން އަހުމަދު (ފޮޅޭމާ/ ގއ. ކޮނޑޭ) އެވެ. އެ ދެ މީހުން ހައްޔަރު ކުރި ދުވަހުގެ ފަހު ދުވަހު ހައްޔަރު ކޮށްފައި ވަނީ އަދުހަމް އަހްމަދު ރަޝީދު (ހިޔާ/ ވ. ތިނަދޫ) އެވެ.

ރައީސް ނަޝީދުގެ ފުރާނަފުޅަށް ނުރައްކާވާނެހެން ބޮމެއް ގޮއްވާލާ ހަމަލާ ދީފައި ވަނީ މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ އިރާކޮޅެވެ. ކުރުނބާގައި އޮތް ބައްދަލުވުމަކަށް ވަޑައިގަންނަވަން ގެކޮޅުން ނިކުމެވަޑައިގެން ކާރުކޮޅަށް އަރާ ވަޑައިގަންނަވަން އުޅުއްވަނިކޮށް ދިން އެ ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ހާލުކޮޅު ސީރިއަސް ވެ، ގިނަ އޮޕަރޭޝަންތަކެއް ކޮށްފައި ވެއެވެ.

ފުލުހުން އާންމުކޮށްފައި ވާ މައުލޫމާތުތަކަށް ބަލާއިރު، އަމިއްލައަށް ތައްޔަރު ކުރި އައިއީޑީއެއް (ބޮމެއް) ގޮއްވާލި މި މައްސަލާގައި ހައްޔަރު ކުރި ތިން މީހުންނަކީ ވެސް ހަރުކަށި ފިކުރަށް ވާގިދޭ ތިން މީހުން ކަމަށް ފުލުހުން ބުނެފައި ވެއެވެ. މި މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ބޭއްވި ޝަރީއަތުގެ މަޖިލިސް ކުރިޔަށް ގެންގޮސްފައިވަނީ ސިއްރުންނެވެ.

ހަމައެއާއެކު ފުލުހުން ވަނީ މި ތިން މީހުން ދިރިއުޅޭ ތަންތަން ބަލާ ފާސްކޮށް، ގިނަ ހެކިތަކެއް ހޯދާފައެވެ. އެގޮތުން އައިއީޑީ ތައްޔާރުކުރަން ބޭނުން ކުރި ބައެއް ތަކެތި ވެސް ފުލުހުން ހޯދާފައި ވެއެވެ. މީގެ އިތުރުން ފުލުހުން ވަނީ، މި މީހުންގެ އަމަލުތައް އެރޭ ހުރިގޮތާއި، އެ މީހުން ދަތުރު ކުރި މަގުތައް ވެސް ހޯދާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.