އައިޖީއެމްއެޗް އާ ދިމާލުން މޫދުގައި މަރުވެފައި އޮއްވާ ފެނުން ގދ. ވާދޫ، ރިމެމްބާ ކަދާވަޑު، މުހައްމަދު ސިދުރަތުﷲގެ ޕޯސްޓްމޯޓަމް އަށް ފަހު އޭނާ ވަޅުލައިފި އެވެ..

މިދިޔަ މަހުގެ 23 ވަނަ ދުވަހު މަރުވެފައި އޮއްވާ ފެނުނު ސިދުރަތުﷲ މަރުވި ގޮތާ ބެހޭ ހެކިތައް ހޯދުމަށް ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު އިންޑިޔާއަށް ގެންގޮސްފައި ވަނީ މި މަހުގެ 2 ގައެވެ. އެނގިފައިވާ ގޮތުގައި އޭނާގެ ހަށިގަނޑު މިހާރު އޮތީ މާލޭގަ އެވެ. ނަމަވެސް ޕޯސްޓްމޯޓަމްގެ ނަތީޖާއާ ގުޅޭ އެއްވެސް މައުލޫމަތެއް ފުލުހުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ސިދުރަތުﷲގެ ކަށުނަމާދު އޮތީ މިރޭ އިޝާ ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.

ސިދުރަތުﷲ މަރުވި ގޮތާ ގުޅޭ އެއްވެސް ތަފްސީލެއް މިހާތަނަށް ފުލުހުން ހާމަކޮށްފައި ނުވާއިރު، ފުލުހުން ވަނީ ސިދުރަތުﷲ އެންމެ ފަހުން ފެނުނު ސީސީޓީވީ ފުޓޭޖުތައް އާންމުކޮށް އޭނާއާ ގުޅޭ މައުލޫމާތު އެނގޭ ފަރާތްތަކުގެ އެހީ އަށް އެދިފަ އެވެ. އެ ވީޑިއޯގައި އޭނާ ރަސްފަންނާ ދިމާލަށް ހިނގާފައިދާ މަންޒަރު ފެނެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.