ގޭމް އޮފް ތްރޯންސްގެ ތަރި ސޯފީ ޓާރނާ އާއި އެމެރިކާގެ ލަވަކިޔުންތެރިޔާ ޖޯ ޖޯނަސް އަށް ދަރިއަކު ލިބިފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެއެވެ.

ސޯފީ އާއި ޖޯ އަށް ލިބުނު އަންހެން ދަރިފުޅަށް ދީފައިވާ ނަމަކީ ވިލާ އެވެ.

ދަރިފުޅު ލިބުނުތާ އަހަރަކާއި ގާތްވާ އުޅެނިކޮށް މި ދެ ތަރިންވެސް މި ވަނީ އެނބުރި މަސައްކަތަށް ނުކުންނަން އުޅޭކަން ހާމަކޮށްފައެވެ.

ބެލެނިވެރިންނަށް ވުމުން ކުރެވޭ އިހުސާސްތަކާއި ގުޅޭ ގޮތުން ޖޯ ބުނެފައިވަނީ ދަރިއަކު ލިބުމަކީ އައު ތަޖުރިބާއެއް ކަމަށެވެ. އަދި ލޮކްޑައުންގައި ހުރިހާ ވަގުތެއްވެސް ދަރިފުޅާއި އެކު ހޭދަކޮށްފައިވާ ކަމަށެވެ.

ދެމީހުންވެސް މަސައްކަތަށް ނުކުންނަން ތައްޔާރު ވެފައިވާ ކަމަށް ޖޯ ވަނީ ބުނެފައެވެ. އެގޮތުން ޖޯ ވަނީ އެ މީހުންގެ އާއިލީ މިއުޒިކް ބޭންޑް ޖޯނަސް ބްރަދާސް އާއިއެކު ޓުއަރއަކަށް ދާން ތައްޔާރުވަމުންދާކަން ހާމަކޮށްފައެވެ. އަދި ސޯފީވެސް ދަނީ އެޗްބީއޯއިން ގެނެސްދިނުމަށް ހަމަޖެހިފައިވާ ސީރީސްއެއް ކަމަށްވާ "ދަ ސްޓެއަރކޭސް" ގެ މަސައްކަތަށް ތައްޔާރުވަމުންނެވެ.

ސޯފީ 25، އާއި ޖޯ 31 އެންގޭޖް ކޮށްފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.

ސޯފީ އާއި ޖޯ ކައިވެނި ކޮށްފައިވަނީ 2019ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ލަސް ވޭގަސް ގައި ހުންނަ މަޝްހޫރު ލިޓްލް ވައިޓް ޗަޕެލްގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *