ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމް ކުރަން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެޗްޑީސީގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެޗްޑީސީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) މެދުގަ އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ބުނީ މި އެއްބަސްވުމުގެ މަގްސަދަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ހުޅުމާލޭގައި ހިންގާ ޕްރޮޖެކްޓުތަކުގައި ހެޗްޑީސީގެ އެއްބާރުލުމާއި ބައިވެރިވުން އިތުރު ކުރުން ކަމަށެވެ.

އެގޮތުން އެޗްޑީސީ އިން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ބައިވެރިވުމަށް މަގުފަހިކޮށް އެފަދަ ވިޔަފާރިތަކަށް ފުރުސަތު ފަހިކޮށްދިނުމުގާއި ބީސީސީ އިން އިސްނަގައިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްގީ ކުރުމަށްޓަކައި ހުޅުމާލޭގައި ކުރިޔަށް ގެންދާ މަޝްރޫއުތަކުގައި ކޮންސެޝަނަލް ރޭޓް އެއްގެ ޖާގަ ފޯރުކޮށްދިނުން ހިމެނޭ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުންޏެވެ. މީގެ އިތުރުން އެޗްޑީސީ އާއި ބީސީސީ ގުޅިގެން ކުދި އަދި މެދު ފަންތީގެ މަޝްރުއުތައް ތަރައްގީ ކުރުމަށް މަސައްކަތް ކުރުމާއި އެފަދަ ވިޔަފާރިތައް ކުރިއެރުވުމަށް ބީސީސީ އިން ހިންގާ ހަރަކާތްތައް އެޗްޑީސީ އިން ދެވެން އޮތް އެހީތެރިކަމެއް ދިނުން ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީ އިން ބުންޏެވެ.

މި އެއްބަސްވުމުގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ދުރު ރާސްތާ ޕްލޭންތައް ހެދުމާއި މިފަދަ ވިޔަފާރިތަކަށް ފުރުސަތު ހޯދައި ދިނުމަށް ދެ ކުންފުނިން ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީ އިން ބުންޏެވެ. އަދި އެ ވިޔަފާރިތައް ކުރި އަރުވައި ތަރައްގީ ކުރުމަށް މިނިސްޓްރީ އިން ކުރަމުން ގެންދާ މަސައްކަތްތަކަށް ވެސް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީ އިން ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.