ސިވިލް ކޯޓުގެ (މިހާރު ކްރިމިނަލް ކޯޓުގެ) ޤާޒީ އަލްއުސްތާޛު ހުސައިން ފާއިޒް ރަޝާދާއި މެދު ފިޔަވަޅު އެޅުމަށް ޖުޑިޝަލް ސާރވި ސްކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީގެ މިއަހަރުގެ 44 ވަނަ ޖަލްސާގައި ކޮމިޓީގެ އަޤްލަބިއްޔަތުން ހުސައިން ފާއިޒްގެ މައްޗަށް ފިޔަވަޅު އެޅުމަށް ނިންމާފގައިވަނީ ކޯޓުގެ ޝަރީއަތްކުރާ ރޫމްގެ ބޭރުން ކޯޓުގެ އެހެން މުވައްޒަފަކު ލައްވައި، މައްސަލަ ރައްދުވާ ފަރާތް ގޭބަންދުކުރުވައި، ކޯޓުރޫމުގެ ބޭރުގައި މައްސަލަ ރައްދުވާފަރާތް ބޭންދުމަށްފަހު މައްސަލައިގައި ޙުކުމް ހަވާލުކުރުމަކީ ކުރާކަމެއްކަމަށް ބުނެފައިވާތީ ކަމަށެވެ.
ޤާޟީ ހުސައިން ފާއިޒް މިއަމަލަކީ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 58 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރާއި، 33 ވަނަ މާއްދާގެ (ހ) އާއި (ޅ) އާއި (ކ) އާއި، އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 2.2 އާއި، އަދި 6.1 ވަނަ ނަންބަރާ ހިލާފު އަމަލެއްކަމަށް ތަހުޤީގަށް ސާބިތުވެފައިވާތ ކަމަށް ޖޭއެސްސީން ބުނެއެވެ.
އަދި ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 1-32 ވަނަ ނަންބަރު މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން، ޤާޟީ ހުސައިން ފާއިޒަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައާޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމަށް ބުދަ ދުވަހުގެ ޖަލްސާގައި ވަނީ ނިންމާފައެވެ،