ކުޑަކުދިންގެ ހިޔާގެ 2ވަނަ އިމާރާތުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި - ފޮޓޯ: އެމްއެންޑީއެފް

ވިލިމާލެ ކުޑަކުދިންގެ ހިޔާގެ 2ވަނަ އިމާރާތުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން ބުނީ، ވިލިމާލޭގެ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 10:46 ހާއިރު ކަމަށެވެ.

އަލިފާން ރޯވިކަމުގެ ރިޕޯޓް ލިބުމާއެކު، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާރވިސްއިން ވަނީ ރޯވި އަލިފާންގަނޑު ނިއްވާލުމަށް ހަރަކާތްތެރިވެފައި އިރު، ވިލިމާލެ ފަޔަރ ސްޓޭޝަންގެ ސިފައިންވެސް އަލިފާން ނިއްވާލުމަށް ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފް އިން ބުނީ، އަލިފާން ރޯވީ ކުޑަކުދިންގެ ހިޔާގެ 2ވަނަ އިމާރާތުގެ އެއްޗެހި ރައްކާ ކުރުމަށް ޓެރެސްގައި ހަދާފައިހުރި ގުދަނެއްގައި ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.