ށ. ފީވަށް ބަނދަރު ހެދުމުގެ މަސައްކަތުގެ ބޮޑު ބައި ނިމިފައިވާ ކަމަށް މޯލްޑިވްސް ޓާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މި މަޝްރޫއުގެ އެންމެ ފަހުގެ ތަފްސީލްތައް ހިއްސާ ކުރަމުން އެ ކުންފުނިން ބުނީ މިހާރު ފީވަށް ބަނދަރު ހެދުމުގެ މަޝްރޫއުގެ 92 އިންސައްތަ ނިމިފައިވާ ކަމަށެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން، ކުރިން ފުންކޮށްފައިވާ ހާބަރ ބޭސިން އަލުން ފުންކުރުމުގެ މަސައްކަތުގެ 78 އިންސައްތަ ނިންމާލާފައިވާ ކަމަށެވެ.
Work on Design and Build of Sh. Feevah Harbor is well underway, with overall 92% project progress. Maintenance dredging works of existing harbour basin is currently ongoing, with 78% completion. The value of the project is 67.6 million.#MTCCProjects pic.twitter.com/GZr1RFZrHP
— MTCC Plc (@MTCCPlc) June 6, 2021
ފީވަށް ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން 504 މީޓަރު ބޭރު ތޮށި ޖެހުމާއި، 70 މީޓަރު ރިވެޓްމެންޓް ޖެހުމާއި، 464 މީޓަރު އެއްގަމު ތޮށި ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބަނދަރުގައި ރޭމްޕެއް ހެދުމާއި، އެއްގަމު ތޮށި ވަށައިގެން ޕޭވްމެންޓް ހެދުމުގެ އިތުރުން ބަނދަރު ފުން ކުރުމާއި، ބަނދަރު ނެރު ފުންކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ޖުމްލަ 67.6 ރުފިޔާ ހަރަދުކޮށްގެން އެމްޓިސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަކީ 390 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.