އާޓް ސްޓޫޑިއޯއެއްގެ ތެރޭގައި ޒުވާން އަންހެން ކުއްޖަކު ރޭޕް ކުރި ކަމުގެ ކުށް ސާބިތުވެ، ހަސަން ފާއިޒު، 15 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ. ހަސަން ފާއިޒަކީ މިދިޔަ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ ކޮއްކޮއެވެ. 

ރޭޕްގެ ދައުވާ އުފުލައި ހަސަން ފާއިޒުގެ މައްޗަށް ކުރިމިނަލް ކޯޓުން ޝަރީއަތް ކުރިއަށް ގެންދިޔައީ ސިއްރުންނެވެ. މިއަދު ވަނީ މައްސަލާގައި ހުކުމް އިއްވާފައެވެ. އެނގިފައިވާ ގޮތުގައި، ކުށް ސާބިތުވާތީ ހަސަން ފާއިޒުގެ މައްޗަށް އިއްވާފައިވަނީ 15 އަހަރުގެ ޖަލު ހުކުމެކެވެ. 

ފާއިޒުގެ މައްޗަށް ރޭޕް ކުރުމުގެ ތުހުމަތާއެކު އެ ކުއްޖާ މީޑިއާާ އެ ވާހަކަތައް ކިޔައިދިނުމާއެކު މައްސަލަ ފުލުހުން ބަލަން ފެށިއެވެ. އަދި ފާއިޒު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.