ކޮވިޑުގައި މަރުވި މީހެއްގެ ޖަނާޒާ ހުޅުމާލެ ސަހަރާގައި ކުރިޔަށް ދަނީ - ފޮޓޯ: ހަފްތާ

ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިއަދު 2 ވަނަ މީހަކު މަރުވިކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއުލާންކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ، ކޮވިޑް ބަލީގައި މިއަދު ހެނދުނު 08:00 ހާއިރު 82 އަހަރުގެ ދިވެހި އަންހެނެއް މަރުވެފައިވާ ކަމަށާއި، އޭނާ މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށް ކަމަށެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ 93 އަހަރުގެ ދިވެހި އަންހެނަކު ރޭ 00:47 ހާއިރު މަރުވިކަން މީގެ ކުޑަ އިރުކޮޅެއް ކުރިން ވަނީ އިއުލާންކޮށްފައެވެ. އެގޮތުން މި 2 މަރާއެކު ކޮވިޑްގައި ރާއްޖެއިން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 184އަށް އަރާފައެވެ.

ރާއްޖެއިން އިއްޔެވެސް ކޮވިޑްގެ 5 މަރު ރިޕޯޓު ކުރިއިރު، އޭގެ ތެރެއިން 4 މީހުން މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދަނިކޮށެވެ. އަދި ދެން މަރުވި މީހާއަކީ ޑީއެޗް11 ގައި ފަރުވާ ހޯދަމުންދަނިކޮށް މަރުވި މީހެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.