ފޮޓޯ: މިހާރު

މާލޭގައި ހުރި ސިނާއީ މަސައްކަތް ކުރާތަންތަނުގެ މައުލޫމާތު މާލޭ ސިޓީ ކައުންސިލާއި ހިއްސާ ކުރުމަށް އެ ކައުންސިލުން އެދިއްޖެއެވެ.

މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ، މާލެ ސިޓީގެ މާލޭގައި ހުރި ގުދަން، ގަރާޖު، ވޯކްޝޮޕް، ވަޑާންގެ، ގާއަޅާތަންތަން ފަދަ ސިނާއީ މަސައްކަތް ކުރާތަންތަނުގެ މައުލޫމާތު އެ ކައުންސިލަށް ފޯރުކޮށްދިނުމަށް އެދޭ ކަމަށާއި، މި މަހުގެ 15 ނިޔަލަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށެވެ.

މިކަމުގެ މައުލޫމާތު ފުޅާ ދާއިރާއެއްގައި އެއްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓް ގައި ޕޯޓަލްއެއް ގާއިމުކޮށްފައިވާއިރު، އެ ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރަން އެ ކައުންސިލުން ކުރި އިއުލާނުގައި ވަނީ އެދިފައެވެ.

ނަމަވެސް މައުލޫމާތު ނެގުމުގެ މަސައްކަތް ކައުންސިލުންވެސް ކުރަމުންދާތީ، މުވައްޒަފުން ގޮސްގެން މައުލޫމާތު ނަގާ ތަންތަނުގެ މައުލޫމާތު ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ނުޖެހޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މާލެތެރޭގައި ހުރި ގުދަން، ގަރާޖު، ވޯކްޝޮޕް، ވަޑާންގެ އަދި ގާއަޅާ ތަންތަން ފަދަ ސިނާއީ މަސައްކަތް ކުރާ ތަންތަން މާލެ ސިޓީ ކައުންސިލަށް މައުލޫމާތު ހިއްސާ ކުރަން އެދިފައިވަނީ އެފަދަ ތަންތަން، ހާއްސަ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމަށް ސަރުކާރުގައި އެދުމަށް ކުރާ މަސައްކަތުގެ ތެރެއިން ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.