ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަން

ކުޅުދުއްފުށީ ސިޓީގައި ޒުވާނަކު ރަހީނުކޮށްގެން ގެސްގޮސް އަނިޔާކުރި މައްސަލައިގައި 3 ވަނަ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި މީގެ ކުރިން ދެ މީހަކު ހައްޔަރުކޮށްފައިވާއިރު މީޑިއާއަށް މައުލޫމާތު ދެމުން ފުލުހުން ބުނީ. އެ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ ހައްޔަރުކޮށްފައިވާކަމަށެވެ.

ރަހީނު ކުރި މި މައްސަލައިގައި ޖޫން މަހުގެ 29 ވަނަ ދުވަހު ކޯޓް އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފައިވަނީ 24 އަހަރާއި 25 އަހަރުގެ 2 ފިރިހެނުންނެވެ. އެ ދެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ޖޫން މަހުގެ 2 ވަނަ ދުވަހު 15 ދުވަސްޖަހާފައެވެ.

އޭގެ އިތުރުން އެމީހާ އެރުވި ކަމަށް ބެލޭވޭ ކާރުވެސް ކޯޓް އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

ކުޅުދުއްފުށީ ސިޓީގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު، 29 އަހަރުގެ ދިވެހި ފިރިހެނަކު ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާކޮށްފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މެއި 29 ވަނަ ދުވަހުގެ ރޭ 20:48 ހާއިރުއެވެ.

އެމީހާއަށް ކުޅުދުއްފުށީ ރިޒަނަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ޖެހިގެން އައި ދުވަހުގެމެންދުރު  އިތުރު ފަރުވާއަށް ވަނީ  މާލެ ގެނެސްފައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި އެ ޒުވާނާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުންޑިއަށް އަށް ވަނީ ލޭއަރާފައެވެ. އެނާގެ ހާލު ވަރަށް ސީރިއަސްކަމަށް އެ ހޮސްޕިޓަލުން އޭރު ވަނީ ބުނެފައެވެ. އޭނާ  މާލެ ގެނެސް އެޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.