ށ. ފުނަދޫ ދަށްފަޅުގައި ޖެޓްސްކީ ދުއްވަން އުޅުނު މީހަކު މެރުވެއްޖެ އެވެ.
ފުލުހުން ބުނީ ފުނަދޫ ދަށްފަޅުގައި ދުއްވި ޖެޓްސްކީއެއް އަނބުރާލިވަގުތު އެ ޖެޓްސްކީގެ ފަހަތުގައި އިންމީހާ ވިއްސައިގެންގޮސް އެއްގަމުގައި ޖަހާފައި ހުރި ދަގަނޑެއްގައި ޖެހި ޒަހަމްވެފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 4:00 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އޭނާ މަރުވެފައިވަނީ ހޮސްޕަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުން ބުނެއެވެ.
މި ހާދިސާގައި މަރުވެފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.