ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު މެެޗުތަކުން ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އަދި އިނގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑް ވެސް ބަލިވެއްޖެއެވެ. 

ރަށުން ބޭރުގައި ތުރުކީގެ އިސްތަންބޫލް ބަސެކްޝިއަރ އާ ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑް ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި އިސްތަންބޫލަށް ޖަހައިދިނީ ޑެމްބަ ބާއެވެ. ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އެޑިން ވިސްކާއެވެ. މި މެޗުގައި ޔުނައިޓެޑުން ޖެހި ހަމައެކަނި ލަނޑު 43 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ އެންތަނީ މާޝިއާލްއެވެ. 

ޖަރުމަނުގެ ލީޕްޒީގް އަތުން ޕީއެސްޖީ ބަލިވީ 2-1 އިންނެވެ. މި މެޗުގައި ޕީއެސްޖީގެ މުހިންމު ގިނަ ކުޅުންތެރިންނަށް ކުޅެވިފައެއް ނުވެއެވެ. އެގޮތުން ނޭމާ، އެމްބާޕޭ އަދި އިކާޑީއަށް އަނިޔާގެ ސަބަބުން ކުޅެވިފައެއް ނުވެއެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޕީއެސްޖީއިންނެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އެންހެލް ޑިމަރިއާއެވެ. މެޗުގެ 16 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ޑިމަރިއާ ބޭކާރުކޮށްލިއެވެ. 

ލީޕްޒީގްގެ ފުރަތަމަ ލަނޑު 42 ވަނަ މިނެޓުގައި ޖަހައިދިނީ ކްރިސްޓިއަން އެންކުންކޫއެވެ. ލީޕްޒީގް މި މެޗުން މޮޅުވި ލަނޑު 57 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ އެމިލް ފޯރސްބާގްއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.