ރޯމަސް މާރުކޭޓް

މާލޭ އުތުރު ފަރާތު ލޯކަލް މާރުކޭޓް ސަރަހައްދުން ރޯ މަސް ގަނެ ވިއްކާ ފަރާތްތަކަށް ގޮޅި ކުއްޔަށް ދޫކުރުމުގެ ފަުރުސަތު ހުޅުވާލައިފިއެވެ.

މާލެ ސިޓީ ކައުންސިލުން މި ފުރުސަރު ހުޅުވާލާފައި މިވަނީ ލޯކަލް މާރުކޭޓް ސަރަހައްދުން ރޯމަސްގަނެ ވިއްކާ ފަރާތްތަކަށް މިހާރު ކުއްޔަށް ދޫކޮށްފައިވާ 11 ގޮޅީގެ މުއްދަ ހަމަވާތީ ކަމަށް އެ ކަުންސިލުން ބުނެއެވެ.

އެސަރަހައްދުން ގޮޅި ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް މިހިނގާ ޖޫން މަހުގެ 10 އިން ފެށިގެން 17 ގެ ނިޔަލަށް މާލެ ސިޓީ ކައުންސިލަށް ހުށަހެޅުމަށް ވަނީ އެދިފައެވެ. ގޮޅިއަށް އެދޭ ފޯމް، މާލޭ ސިޓީ ކައުންސިލްގެ ވެބްސައިޓް އިން ލިބެން ހުންނާނެ އެވެ.

ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 13:00 އަށް ދަތުރުވެރިންގެ މާރުކޭޓް އޮފީހުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.