ސަބްސްޓޭޝަން 47 ގައި ހުރި ޓްރާންސްފޯމަރު ނަގާ އައު ޓްރާންސްފޯމަރެއް ބެހެއްޓުމުގެ މަސައްކަތް ކުރިޔަށް ދަނީ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ސަބްސްޓޭޝަން 47 ގައި ޓްރާންސްފޯމަރު ނަގައި އައު ޓްރާންސްފޯމަރެއް ބެހެއްޓުމުގެ މަސައްކަތް ނިންމާ ކަރަންޓް ގެ ހިދުމަތް މެދުކެނޑުނު ގެތަކަށް ކަރަންޓް ދީފިއެވެ.

ސްޓެލް ލްކޯއިން  އެ ކުންފުނީގެ ސަބްސްޓޭޝަން 47 ގައި ހުރި 630 ކިލޯ ވޮލްޓް އެމްޕަޔަރގެ ޓްރާންސްފޯމަރު ނަގައި 1500 ކިލޯ ވޮޓް އެމްޕަޔަރގެ އައު ޓްރާންސްފޯމަރެއް ބެހެއްޓުމުގެ މަސައްކަތް ފަށާފައިވަނީ މިއަދު މެންދުުރުއެވެ.

މަސައްކަތަށް ދެގަޑިއިރެއްހާއިރު ހޭދަވާނެ ކަމަށްބުނެ ސްޓެލްކޯއިން އެމަސައްކަތް ކުރަމުންދިޔައިރު، މާލޭގެ ބައެއް ހިސާބުތަކުން ވަނީ ކަރަންޓްގެ ޚިދުމަތް މެދުކެނޑިފައެވެ. ނަމަވެސް މިހާރު ވަނީ އެމަސައްކަތް ނިންމާ އަލުން ކަރަންޓްދީފައެވެ.

މަސައްކަތަށް އަންދާޒާކުރެވިފައިވާ ވަގުތައްވުރެ ގިނަ އިރު ހޭދަވެފައިވާތީ ކަސްޓަމަރުންގެ ކިބައިން ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.