ބޮލީވުޑްގެ ތަރި ޔާމީ ގޯތަމް އާއި ފިލްމް ޑައިރެކްޓަރ އަދިތްޔާ ގަރް ކައިވެނި ކުރިކަން އިއުލާންކޮށް ފޭނުން ސިއްސުވާލައިިފިއެވެ.
މި ޖޯޑު ކައިވެނި ކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު ފަރުބަދަ މަތީ ހިސާބެެއް ކަމަށްވާ ހިމާޗަލް ޕްރަދޭޝްގައެވެ.
ޔާމީ އާއި އަދިތްޔާގެ ގެކައުވެނި، ފޭނުންނަށް އިއުލާންކޮށްފައިވަނީ ކައިވެނީގެ ފޮޓޯއާއި އެކު އެދެމީހުން ނެރެފައިވާ ކުރު ބަޔާނެއްގައެވެ.
ސިއްރިއްޔާތުގައި ކައިވެނީގެ ހަފްލާ ބާއްވާފައިވާއިރު، މި ހަފްލާގައި ބައިވެރިވެފައިވަނީ ދެފަރާތުގެ އާއިލާގެ މެންބަރުން އެކަންޏެވެ.
ޔާމީ އާއި އަދިތްޔާ ހިއްސާކޮށްފއިވާ ކއިވެނީގެ ފޮޓޯގައި ޔާމީ ފެނިގެންދަނީ ރަތް ކުލައިގެ ސާޅިއެއްގައެވެ.އަދި އަދިތްޔާ ފެނިގެންދަނީ ހުދުކުލައިގެ ޝެރްވާނީ އެއްގައެވެ.
މިދެމީހުންގެ ކައިވެނި ކުރިކަން އިއުލާން ކުރުމާއި އެކު ބޮލީވުޑްގެ ތަރިންނާއި ފޭނުންދަނީ ދެމީހުންނަށް މަރުހަބާ ގެ މެސެޖްތައް ކުރަމުންނެވެ.
ޔާމީ ކުޅެފައިވާ ފިލްމް "އުރީ" އަކީ އަދިތްޔާ ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ. ވިކީ ކައުޝަލް އާއި އެކު ޔާމީ ފެނިގެންދާ މި ފިލްމްގައި އޭނާ އަދާކުރަނީ އިންޓެލިޖެންސް އޮފިސަރެއްގެ ރޯލެވެ.