ވޯލްޑްކަޕް ކޮލިފިކޭޝަނުގައި ބްރެޒިލް އަދި އެކުއެޑޯ ބައްދަލުކުރި މެޗުގެ ތެރެއިން

ދެކުނު އެމެރިކާގެ ފީފާ ވޯލްޑް ކަޕް ކޮލިފައިން ބުރުގައި ހޮނިހިރު ދުވަހު ކުޅުން މެޗުން އެކުއެޑޯ ބަލިކޮށް ބްރެޒިލުން އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބްރެޒިލް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

ބްރެޒިލުން މި މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލަށް އެކުއެޑޯގެ ގޯލު ފޫއަޅޫވާލެވިފައެއް ނުވެއެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން 20 ވަނަ މިނެޓުގައި ބްރެޒިލުން ވަނީ ލަނޑުޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު ނޭމާގެ އެހީތެރިކަމާއިއެކު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ރިޗާލިސަން އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ބްރެޒިލަށް ލިބުނު ޕެނަލްޓީއެއްގެ ބޭނުން ހިފައި އެ ޓީމުން ވަނީ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ނޭމާއެވެ.

މި މެޗުން މޮޅުވެ ބްރެޒިލުން ކޮލިފައިންގެ އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. ކުޅުނު ފަސް މެޗުން މޮޅުވެ ބްރެޒިލުން ތާވަލުގެ އެއްވަނައިގައި އޮތީ 15 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އާޖެންޓީނާ އޮތީ ފަސް މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ. އަދި ތިންވަނައިގައި އޮތް އެކުއެޑޯއަށް ފަސް މެޗުން ލިބިފައިވަނީ 9 ޕޮއިންޓެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.