2019 ވަނަ އަހަރު ރައީސް ނަޝީދު އައްޑޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން

އައްޑޫގެ ވިސްނުމަކީ މުޅި ދުނިޔެއަށް ހުޅުވާލެވިފައިވާ ވިސްނުމެއް ކަމަށާއި ކޮންސިއުލޭޓާއި އެކު މުޅި އަތޮޅަށާއި ރާއްޖެއަށް ވެސް ފައިދާ ވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރުމުގެ މަޝްވަރާތައް ކުރަމުން އަންނަ ވާހަކަތާއި އެކު ސޯޝަލް މީޑިއާގައި ވަނީ އެ މައްސަލަ ހޫނުވެފައެވެ. އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހުޅުވަން އެދުނީ އިންޑިއާއިން ކަމަށްވާއިރު، އެކަމާ ގުޅިގެން ދިވެހި ސަރުކާރުން އެއްވެސް ނިންމުމެއް ނިންމާފައެއް ނުވެއެވެ.

އައްޑޫގައި ކޮންސިއުލޭޓެއް ގާއިމުކުރުމުގެ މައްސަލަ ހޫނުވެފައިވަނިކޮށް ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައްޑޫގެ ވިސްނުމަކީ އަބަދުވެސް ދުނިޔެއަށް ހުޅުވިފައިވާ ވިސްނުމެއް ކަމަށާއި އެއީ  'އަމިއްލަ ނޭފަތު ކުރީގައި ތަޅުލެވިފައިނުވާ ވިސްނުމެއް ކަމަށެވެ. އަދި އައްޑޫގައި ކޮންސިއުލޭޓެއް ގާއިމުކުރުމާއި އެކު މުޅި ރާއްޖެއަށާއި އެ ސިޓީއަށް ވެސް ފައިދާ ވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ތަމްސީލުކުރައްވާ މެމްބަރުން މިކަމާ ތާއީދުކުރައްވައެވެ. އެ މެމްބަރުން ވިދަޅުވާ ގޮތުގައި ސަރުކާރުން ނިންމާ ކޮންމެ ނިންމުމަކީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމަށް ދެކިވަޑައިގަންނަވައެވެ. އަދި ކޮންސިއުލޭޓް ގާއިމް ކޮށްފިނަމަ އެކަމުން ވާނެ ފައިދާތަކެއް ވެސް ހުންނާނެ ކަން ގަބޫލުކުރައްވައެވެ.

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމާއި ގުޅިގެން އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ދެކިވަޑައިގަންނަވަނީ އެއީ ބައިނަލްއަގްވާމީ މުޖުތަމައުއަށް އެ ސިޓީ ހުޅުވުމަށް ލިބިގެންދާނެ ފުރުސަތެއްގެ ގޮތުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *