މިވަގުތު ކަރަންޓު ކެނޑިފައިވާ ގެތަކަށް ކަރަންޓު ދެވޭނެ ކަމަށް ބެލެވެނީ 14:30 ގައި ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މިއަދު މާލޭގެ ބައެއް ގެތަކުން ކަރަންޓު ގޮސްފައިމިވަނީ ސްޓެލްކޯގެ ސަބްސްޓޭޝަން 47 ގައި އައު ޓްރާންސްފޯމަރެއް ބެހެއްޓުމުގެ މަސައްކަތް ކުރިޔަށްދާތީއެވެ. އެ ކުންފުނިން މިހާރު ދަނީ 1500kVAގެ އައު ޓްރާންސްފޯމަރެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުންނެވެ.
ކުރިން އެތަނުގައި ހުންނަނީ 630kVA ގެ ޓްރާންސްފޯމަރެކެވެ. މިއީ ސްޓެލްކޯގެ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން އެ ކުންފުނިން ކުރަމުންދާ މަސައްކަތެކެވެ.
ސްޓެކްލޯ އިން ބުނީ ޓްރާންސްފޯމަރ އަޕްގްރޭޑް ކުރުމުގެ މަސައްކަތް 14:30 އަށް ނިންމާލެވި، ކަރަންޓު ކެނޑިފައިވާ ގެތަކަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށެވެ.